މުޒަހަރާ ފެށުމަށް ވިދާޅުވި ޝަހީމް މިހާރު ބޭނުންވަނީ ބަންޑާރަ މިސްކިތާ ގުޅޭ މަޝްވަރާ ކުރުމަށް

އަދަދު

7 މާރިޗު 2026 | ހޮނިހިރު | 7:54

ގަރުނެއްހާ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމުމާ ދެކޮޅު ހެދި މީހުން މުޒާހަރާ ކުރުމަށް ވިދާޅުވުމަށް ފަހު މިހާރު އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު އާ މިސްކިތެއް އެޅުމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާކަން ޝަހީމް ހާމަކުރެއްވީ އިއްޔެ އެވެ. އެއާއެކު އެ މިސްކިތަކީ މާލޭގެ ސަގާފީ ތަރިކައެއް ކަމަށްވާތީ އެ ތަން ތަޅާލުމާ ދެކޮޅަށް އެތައް ބަޔަކު އަންނަނި އަޑުއުފުލަމުންނެވެ.

ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުންގެ ތެރޭގައި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ އާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު އާއީ ލިޔުންތެރިޔާ އަދުނާން ހަލީމް އާއި ތާރީހު ދިރާސާކުރާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ހިމެނެ އެވެ. މި އެންމެން ވެސް ގަބޫލުކުރަނީ މިއީ ހިމާޔަތްކުރަން ޖެހޭ އާސާރީ ތަރިކައެއް ކަމަށެވެ.

މައުޟޫޢުތަށް