ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ މުއިއްޒުގެ ވައުދު ފޮތުގައި ނެތް ކަމަށް ސޯލިހު ވިދާޅުވެއްޖެ
އަދަދު
8 މާރިޗު 2026 | އާދިއްތަ | 12:00
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމުގެެ ވާހަކައެއް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވިއްކެވި މެނިފެސްޓޯގައި ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.
ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވި ގޮތުގައި އެއީ ގޮތް ނޭނގޭ ގޮތެއްގައި ނަގަން އުޅޭ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.