އަންނަ އަހަރުގެ ޖުލައި މަހަށް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް މުއިއްޒު ވައުދުވެއްޖެ
އަދަދު
7 މާރިޗު 2026 | ހޮނިހިރު | 11:38
ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގައި މިއަދު ހަވީރު ސޮއިކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ "ގްރޭޓާ އައްޑޫ" ކެމްޕޭންގެ ދަށުން މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދުކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވިގެންދާނެ. މި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދާއިރު މުޅިން އެކުގައި މި މަޝްރޫއު ނިމި ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ،" މުއިއްޒު އިއުލާން ކުރެއްވި އެވެ.