މެދުކެނޑުމަކަށްފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފަށަނީ

އަދަދު

8 މާރިޗު 2026 | އާދިއްތަ | 10:05

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިއަދު އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މިއަދުގެ ޖަލްސާ ފަށާނީ ހެނދުނު 10:30 ގަ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ، ބޭރު ގައުމުތަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމެވެ.

މައުޟޫޢުތަށް