ހެލްތު މިނިސްޓަރު ވިދާޅުވި ގޮތަށް ގުޑުގުޑާ މަނާކޮށް، ހަކުރުން ދޭ ސަބްސިޑީ ކަނޑާލާން ނުއުޅޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
8 މާރިޗު 2026 | އާދިއްތަ | 11:25
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތަށް، ދިވެހިރާއްޖޭގައި ގުޑުގުޑާ މަނާކޮށް، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަން ނުއުޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީއެންސީ އިން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުޑުގުޑާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އެކަންކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން، އަޅުގަނޑު މިކަން ސާފުކޮށްލަން މިދަންނަވަނީ، އިތުރު ކަންކަން ބޭން ކުރުމަކީ. އެހެނެއް ނޫން ހޭލުންތެރިކުރުވުން، އަޅުގަނޑުމެން ހޭލުންތެރިކަން އިތުރުކުރާނަން. އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށެއް. ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. މިކަހަލަ ކަންކަން ކުރާކަށެއް ނޫޅެން،" މުއިއްޒު ވިދާޅުވި އެވެ.