ރޯދަ މަހު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޒުވާބު ކުރުމާއި ހަޅޭއްލެވުމާއި ހުތުރު ތުހުމަތުތައް!
އަދަދު
8 މާރިޗު 2026 | އާދިއްތަ | 12:35
މި ހިނގާ ބަރަކާތްތެރި ރޯދަ މަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާގައި މެންބަރުން އެކަކު އަނެކަކަށް ހަޅޭއްލަވައި، ޒުވާބުކޮށް، ރޯދަ ނުހިފާކަމުގެ ހުތުރު ތުހުމަތުތަކެއް އަމާޒުކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ފަސް ސަފީރުން ހަމަޖެއްސުމުގެ މަސައްކަތާއި ދެ ބިލަކާ ގުޅޭ ބަހުސެއް ކުރުމެވެ. އެކަމަކު، މިއަދުގެ ޖަލްސާއިން ފެނުނީ އެޖެންޑާގައި އޮތް މަސައްކަތްތައް ކުރަން ފޯކަސް ކުރެއްވުމުގެ ބަދަލުގައި މެންބަރުންގެ ރުޅި ގޮސްފައިވާ ހިސާބެވެ.
"ރޯދައަށް ހުރެގެން އަޅުގަނޑުމެން ނުހަދާނަން ދޮގެއް. އަޅުގަނޑަށް މިހާރު ހީވޭ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާއި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޯދަ ނޫންހެން ވެސް މިއަދު،" ޖަލްސާގެ ވަކި ހިސާބަކުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.