ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ތެރެއިން ހެދީ އެންމެ ހަތަރު ގަވާއިދު
އަދަދު
8 މާރިޗު 2026 | އާދިއްތަ | 12:20
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ދަށުން މިހާތަނަށް ހަދާފައި އޮތީ އެންމެ ހަތަރު ގަވާއިދު ކަމަށްވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އޮގަސްޓު 2021، ގައި މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށް ގާނޫނެއްގެ ގޮތުގައި އަމަލުކުރަން ފެށީ އޮގަސްޓު 23، 2024 ގަ އެވެ. އެ ގާނޫނުގައި ޖުމުލަ 20 ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އޭގެ ތެރެއިން ބައެއް ގަވާއިދުތައް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އަދި އަނެއް ބައި ގަވާއިދުތަ ހަ މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓު ކުރަން ޖެހެ އެވެ.