އައްޑޫ ޕަވާ ސްޓޭޝަން ހަވާލުކުރި ކުންފުނީގެ އެއްވެސް މައުލޫމާތެއް ނެތް!

އަދަދު

8 މާރިޗު 2026 | އާދިއްތަ | 4:14

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީ ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސްއަކީ ވެބްސައިޓެއްހާ ހިސާބު ވެސް ނެތް ކުންފުންޏެއް ކަން އެނގިއްޖެ އެވެ.

އަދަދު ނޫހުން މި ކުންފުންޏާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފެށީ 31 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެއް މި ކުންފުންޏާ ހަވާލުކުރުމުން، އެއީ އެ ވަރުގެ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލު ކުންފުންޏެއްތޯ ވަޒަން ކުރުމުގެ ގޮތުންނެވެ.

ފެނަކައާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ޕަވާ ސްޓޭޝަންތަކުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

މައުޟޫޢުތަށް