ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކުރަން އުޅެނީ ޕީއެންސީން ކެމްޕެއިނަށް ކުރާ ހަރަދު ކުޑަކުރަން
އަދަދު
9 މާރިޗު 2026 | ހޯމަ | 8:17
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކެމްޕެއިނަށް ކުރާ ހަރަދު ކުޑަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކުރަން ނުފެނޭ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް ކެމްޕެއިންގެ ހަރަދު ކުޑަކޮށް އެއްފަހަރާ ދެ އިންތިހާބު ނަގަން ފަސޭހަކުރުން ކަމަށެވެ.
"ހަގީގަތުގައި ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި ކުރަން އެއުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރަކަށް ވެސް ނޫން، ސަރުކާރު ހިންގާ ޕާޓީއަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަނީ. އެ ކުރަން އެއުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" އީވާ ވިދާޅުވި އެވެ.