ގާނޫނުއަސާސީ އެކުލަވާލިއިރު ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ވާހަކަ ދެކެވިފައި ނުވޭ: މާރިޔާ
އަދަދު
9 މާރިޗު 2026 | ހޯމަ | 12:35
ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ސަރުކާރުން ވަނީ މި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފަ އެވެ. އެ ވޯޓު އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާނެ އެވެ.
ގާނޫނުއަސާސީއަށް މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލުގެ ދިރާސާ މަރުހަލާގައި ކޮމިޓީއަށް ހާޒިރުވެ މި ސަރުކާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ދެ އިންތިހާބުގެ ދުރުކުރުމުގެ ވިސްނުމެއް ހާއްސަ މަޖިލީހުން ގެންގުޅެފައެއް ނުވެ އެވެ.