ވިލިމާލޭގައި ޑިންގީ އަޅާ ސަރަހައްދު ތަރައްގީކުރަން ޒަރިޔަންދު ވައުދުވެއްޖެ
އަދަދު
10 މާރިޗު 2026 | އަންގާރަ | 11:36
ވިލިމާލޭގައި ޑިންގީ އާއި ކުދި ލޯންޗުތައް އަޅާ ސަރަހައްދު ތަރައްގީކުރަން މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވައުދުވެއްޖެ އެވެ.
ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ޒަރިޔަންދު ވިދާޅުވީ ވިލިމާލޭގައި ޑިންގީ އާއި ލޯންޗު މިހާރު އަޅާ ސަރަހައްދަކީ ރަސްމީކޮށް އެކަން ކުރާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެތަނުގައި ފައްތިޔާތައް ވެސް ގަވާއިދުން ކަނޑައަޅައި ތަރުތީބު ކުރާނެ ކަމަށެވެ.
ޑިންގީ އާއި ލޯންޗުތަކުގެ އިންޖީނު މަރާމާތުކުރާ ތަނެއް ވެސް އެތަނުގައި ގާއިމުކޮށް، އެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ވެސް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.