ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ
އަދަދު
10 މާރިޗު 2026 | އަންގާރަ | 2:56
ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވާން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް އިތުރުވެފައިވާއިރު، އޭގެތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ.
ސްކޭމަރުން އިންޓަނެޓުންނާއި ރާއްޖެއިން ބޭރުގެ ވެބްސައިޓުތަކުން ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.