މުހިންމު މައްސަލަތައް އެއްފަރާތް ކުރުމަށް ފަހު ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމުގެ ނިޔަތާ މެދު ސުއޫދުގެ ސުވާލު
އަދަދު
11 މާރިޗު 2026 | ބުދަ | 12:47
ގާނޫނުއަސާސީ މެދުވެރިކޮށް މުހިންމު ގައުމީ މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މުއިއްޒުގެ ސަރުކާރުން ހުށަހެޅުމުގައި ހެޔޮ ނިޔަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިކަމުގައި ނަގާނެ އެވެ. ސަރުކާރުން ވަކާލާތުކުރަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ.
"ނޯ ޓު ރެފެރެންޑަމް" ގެ ނަމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ފަށާފައިވާއިރު ސުއޫދުގެ ވީޑިއޯއެއް ވަނީ އެ ކެމްޕޭނުގެ އެކައުންޓުގައި ޝާއިއުކޮށްފަ އެވެ. އެ ވީޑިއޯގައި ސުއޫދު ވަނީ މި ބަދަލު ގެނައުމަށް ވުރެ މާ މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.