ބަރަވެލި ދުވެލީގައި ކުރިއަށްދާ ސަލްޓަން ޕާކުގެ މަސައްކަތް އީދަށް ނިންމާނެ ކަމަށް ބުނެ އާ ތާރީހެއް ދީފި
އަދަދު
11 މާރިޗު 2026 | ބުދަ | 7:21
މަރާމާތު ކުރަން ކަމަށް ބުނެ މީގެ ހަ މަސްދުވަސް ކުރިން ބަންދުކުރި ސަލްޓަން ޕާކުގެ މަސައްކަތް ކުރިއަށް އޮތް އީދު ދުވަހަށް ނިންމާނެ ކަމަށް ބުނެ ޕާކު ހުޅުވާނެ އާ ތާރީހެއް ސަރުކާރުން ދީފި އެވެ.
އަދަދު ގެ ނޫސްވެރިން މިއަދު މެންދުރު ސަލްޓަން ޕާކަށް ގޮސް ބެލިއިރު ވެސް އެތަނުގައި އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ. އެކަމަކު، ޕާކުގެ މަރާމާތުގެ ބައެއް ކަންކަން ނިމުމާ ވަރަށް ގާތަށް ގޮސްފައިވާ ތަން ފެނުނެވެ.
ދައުލަތުގެ ޓީވީ ޗެނަލް ޕީއެސްއެމް އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ހަވާލާދީ ބުނެފައި ވަނީ، ސަލްޓަން ޕާކުގެ އިތުރުން، ޖުމްހޫރީ މައިދާނާއި ތިން ރުއް ޕާކު ވެސް އީދު ދުވަހަށް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.