ޑްރަގު ހުރި 63 ރަބަރު ޕެކެޓާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އަދަދު

12 މާރިޗު 2026 | ބުރާސްފަތި | 1:05

ޑްރަގު ހުރި 63 ރަބަރު ޕެކެޓާއެކު ލ. މާވަށުން މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ހައްޔަރުކުރީ ލ. މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް، 43، އެވެ.

އޭނާ އަތުން ޑްރަގް ހުރި ރަބަރު ޕެކެޓްތަކެއް ފެނުނީ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ކަމަށެވެ.

މައުޟޫޢުތަށް