ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅުތަކެއް އަޅައިފި
އަދަދު
12 މާރިޗު 2026 | ބުރާސްފަތި | 6:04
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރު އަބްދުﷲ ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރު ދިރާސާކޮށް، ރާއްޖެއަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ދަނީ ހަރުދަނާ ކުރަމުން ކަމަށެވެ.
މިގޮތުން ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ ގޮތް ހޯދުމަށް އެހެން މާކެޓްތައް ދެނެގަނެ އެ މާކެޓްތަކުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ފަށާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.