ފާޑުކިޔުން އަމާޒުވުމުން ހަމައެކަނި ސިޓީތަކުގައި އީދު ލައިޓް ދިއްލަން ނިންމައިފި
އަދަދު
12 މާރިޗު 2026 | ބުރާސްފަތި | 7:27
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅުގައި ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ތައްޔާރުވަމުންދާތީ އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާއެކު އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލުމަށް ސަރުކާރު ނިންމައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ހަމައެކަނި ސިޓީތަކުގައި އީދު ލައިޓު ދިއްލަން ނިންމީ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މިގޮތުން މިފަހަރު އީދަށް ސިޓީތައް ފިޔަވައި އެހެން ރަށްރަށުގައި އީދު ލައިޓް ނުދިއްލާނެ ކަމަށާއި ސިޓީތަކުގައި ވެސް އީދު ލައިޓް ދިއްލާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް ހަލީލް ވިދާޅުވި އެވެ.