ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ނަޝީދު ގޮވާލައިފި

އަދަދު

12 މާރިޗު 2026 | ބުރާސްފަތި | 8:45

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުން މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައިފި އެވެ.

ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އެއްވެސް އިސްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށެވެ.

"އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަން،" ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް