ހުލާސާކޮށް އިއްޔެ: ތެޔޮ ހޯދަން ވެސް މުއިއްޒު އިންޑިއާގެ ފައިބުޑަށް
އަދަދު
13 މާރިޗު 2026 | ހުކުރު | 9:24
އަވަށްޓެރި އިންޑިއާއާ އެކީ ރާއްޖެ ކަހަލަ ގައުމުތަކަށް ބުލީ ކުރާ ގައުމެއް ކަމަށް ވިދާޅުވެ އިންޑިއާ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެއްވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއިން އިންޑިއާގެ އެހީއަށް އެދިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރަހައްދީ ގައުމުތަކަށް ތެޔޮ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެދި އިންޑިއާ ސަރުކާރަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުރާސްފަތި ދުވަހު ވިދާޅުވީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްްރީލަންކާއިން ވެސް ތެޔޮ ހޯދުމަށް އެދިފައިވާ ކަމަށެވެ.