ދިގުރަށު އަލިފާނުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަަރުގައި
އަދަދު
13 މާރިޗު 2026 | ހުކުރު | 8:53
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
މި ހާދިސާ ހިނގީ ރޭ ދަންވަރު 02:00 ހާއިރު އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ގޮތުގައި އަލިފާން ރޯވީ ގޭސް ލީކެއްގެ ސަބަބުންނެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް ބިދޭސީ މަސައްކަތްތެރިން ވަނީ ނިޔާވެފަ އެވެ.