ހިތަދޫ ފަތާ ޓްރެކު ސަރަހައްދުން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
އަދަދު
13 މާރިޗު 2026 | ހުކުރު | 9:28
އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވައި ބިދޭސީއެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ ހިތަދޫ ފަތާ ޓްރެކު ސަރަހައްދުންނެވެ.