ބާރުތައް އަތުލުމަށް ފަހު، ކައުންސިލްތައް ބާކީކުރަން ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
14 މާރިޗު 2026 | ހޮނިހިރު | 9:32
އަތޮޅު ކައުންސިލްތައް އުވާލައި، އަދި އެހެން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ފަހު، އެފަދަ ކަންކަމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ "ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން" ކަމަށެވެ.
އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވައި މުއިއްޒުގެ ރާގު ބަދަލު ކުރުމަށް، ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންވީ އެއް ސަބަބެއްގެ ގޮތުގައި ދެއްކެވީ ކައުންސިލްތައް ބާކީ ކުރުމަކީ އެ މަނިކުފާނު ގެންގުޅުއްވާ ހަމައެއް ކަމަށް ނުވުމެވެ.