ސިޔާސީ ޕާޓީތަކުން އެދޭތީ ކަމަށް ބުނެ އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާން އިތުރު ފުރުސަތެއް
އަދަދު
14 މާރިޗު 2026 | ހޮނިހިރު | 11:18
ސިޔާސީ ޕާޓީތަކުން އެދޭތީ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން އަނެއްކާ ވެސް އިތުރު ފުރުސަތެއް ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާން އިތުރު ފުރުސަތެއް ދިނީ މާޗު 14، ގެ ހެނދުނު 8:00 އިން ފެށިގެން މާޗު 15، ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް ކަމަށެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ މަސައްކަތް އޮބްޒާވް ކުރަން ސިޔާސީ ޕާޓީތަކަށާއި، ޖަމިއްޔާތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމިއްޔާއަކަށް އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސަންޓު އިތުރު ނުވާ ގޮތަކަށް ކަމަށް އިލެކްޝަންސް އިން ބުންޏެވެ.