މަރާމާރީގެ މައްސަލައެއްގައި މީހަކު ހަތް އަހަރަށް ޖަލަށް
އަދަދު
15 މާރިޗު 2026 | އާދިއްތަ | 9:54
މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ފެބްރުއަރީ 14، 2023، ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއްގައި ހަތް އަހަރަށް ޖަލަށްލުމަށް މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.
މުހައްމަދު ޝަފީގުގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، މައްސަލައިގައި އޭނާ ބަންދުގައި ހުރި މުއްދަތަށް ކެނޑުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހެނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.