ސަރުކާރުން އުޅެނީ ހުވާކުރާ މުއްދަތަކީ ބޭކާރު އެއްޗަކަށް ހަދަން: ޝަމްހީދު
އަދަދު
15 މާރިޗު 2026 | އާދިއްތަ | 10:03
މި ސަރުކާރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބޭނުންވަނީ ހުވާކުރާ މުއްދަތަކީ ބޭކާރު އެއްޗަކަށް ހެދުމުގެ ނިޔަތުގައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ ކުޅިކޮށް ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާނެ ކަމަށާއި އޭރުން ރާއްޖޭގައި އިންތިހާބުކޮށްގެން ހުވާކުރާ މުއްދަތަކީ ބޭކާރު އެއްޗަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު އިންތިހާބުކުރީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލައިގެން ފަސް އަހަރަށް. މިހާރު ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގައި މިބުނަނީ ދައުރު 1 ޑިސެމްބަރަށްފަހު އާ އިންތިހާބެއް އޮންނައިރު މިހާރު ތިބި ބައެއްގެ ދައުރު ނިމުނީއޭ. އެހިސާބުން ފިކްސްޑް ޓާމް އުވުނީ ދިވެހިރާއްޖޭގައި. ވޯޓުލައިގެން ހޮވާ އެއްޗަކީ އިރެލަވަންޓް އެއްޗެއް. ހުވާކުރާ މުއްދަތަކީ އިރެލެވެންޓް އެއްޗެއް،" ޝަމްހީދު ވިދާޅުވި އެވެ.