ހުލާސާކޮށް އިއްޔެ: އީސީ އޮތީ މުއިއްޒުގެ ނުފޫޒުގައި ތާށިވެފައި!
އަދަދު
16 މާރިޗު 2026 | ހޯމަ | 8:28
އިލެކްޝަންސް ކޮމިޝަނަކީ މިހާރު މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި، އެތަން އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ސީދާ ނުފޫޒުގެ ދަށުގައި "ތާށިވެފައި" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އަދަދު" ނޫހުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގެނެސްދޭން ފެށި "ފެންނަނުފެންނަ" ޕްރޮގްރާމުގައި، ކުރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒު ވިދާޅުވީ، އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި "ފެންނަ ނުފެންނަ" ވޯޓާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމަމުންދާ ނިންމުންތަކަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަކޮށް، ސަރުކާރަށް ފައިދާވާނެ ގޮތަށް ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށެވެ.
"ކުޑަކޮށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިންސާފުވެރި އިންތިހާބެއް ކަމަކަށް. އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑު އެއް މަފުހޫމަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ދިނުން،" ޝިފާޒު ވިދާޅުވިއެވެ.