މުއިއްޒު ދައްކަނީ ބުއްދި ގަބޫލުނުކުރެވޭ ވާހަކަ، ކުޅުދުއްފުށީ ތަރައްގީއަށް ހުރަސް އަޅާފައިވަނީ ސަރުކާރުން: އާތިފް

އަދަދު

16 މާރިޗު 2026 | ހޯމަ | 8:48

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 150 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ނުދީ، އެ ސިޓީގެ ތަރައްގީ އަށް ހުރަސް އަޅާފައިވާ ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ ބައެއް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ނުފެނި އޮތީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ކުޅުދުއްފުށްޓަށް އަންނަ ތަރައްގީ [ކައުންސިލުން] ހިފަހައްޓާނެ ކަމަށް ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ މިއަދު. މާކުރީގެ ވިސްނުންފުޅަކާއިގެން އެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ،" އާތިފު ވިދާޅުވި އެވެ.

މައުޟޫޢުތަށް