ރިފަރެންޑަމަކީ ހީލަތްތެރި ރޭވުމެއް، މިމަޅީގައި ޖެހެން ހެޔޮނުވާނެ: އާތިފު
އަދަދު
16 މާރިޗު 2026 | ހޯމަ | 8:31
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑުކޮށްލުމަށް ހިންގާ "ހީލަތްތެރި ރޭވުމެއް ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރާ ފެހި ގާނޫނުއަސާސީގައި އޮތީ ދިވެހި ދައުލަތުގެ ތިން ބާރު ވަކިން ހިނގަންޖެހޭ ގޮތަށް ކަމަށް ފާހަގަކުރައްވައި އާތިފް ވިދާޅުވީ، މުއިއްޒު ގެންނަން އުޅުއްވާ ބަދަލުތަކަކީ އެ އަސާސާ މުޅިން ހިލާފު ކަންކަން ކަމަށެވެ. އެހެންކަމުން މިއީ އެންމެހާ ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސިޔާސީ މީހުން ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުވާނެ ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.