މިފްކޯއިން ވިއްކާ ޑީސެލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި، މަސްވެރިންނަށް ލީޓަރެއް ވިއްކަނީ 27.24ރ. އަށް

އަދަދު

16 މާރިޗު 2026 | ހޯމަ | 4:57

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ޑީސެލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި އެވެ.

މިއަދު އަގުތައް މުރާޖާކޮށްފައިވާއިރު މަސްކިރާ މަސްވެރިންނަށް މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 27.24ރ. އަށެވެ. އަދި އާންމު ފަރާތްކަށް ވިއްކާނީ 28.54ރ. އަށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަސްވެރިންނަށް 13.90ރ. އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ މަސްވެރިންނަށް 13.72ރ. އަށް ލީޓަރެއް ވިއްކާނެ އެވެ. އަދި އާންމު ފަރާތްތަކަށް ލީޓަރެއް ވިއްކަން ފެށީ 14.43ރ. އެވެ.

މައުޟޫޢުތަށް