ތެލުގެ އަގުބޮޑުވުމުން ނަޝީދުގެ ފާޑުކިޔުން؛ ސަރުކާރުން އިންތިހާބަށް އެކަނި ސަމާލުކަން ދީފިނަމަ ލިބޭ ގެއްލުން ބޮޑުވާނެ

އަދަދު

16 މާރިޗު 2026 | ހޯމަ | 6:13

އިރާނުގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ވެސް ތެލުގެ އަގު ނުއުފުލޭހާ ބޮޑަށް މިއަދު އުފުލިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މުޅި ސަމާލުކަން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހު އެއްކޮށްލަން ފެނޭތޯ ބެލުމުގެ ފެންނަ ނުފެންނަ ވޯޓަށް އެކަނި އަމާޒުވެފައިވާނަމަ، ރައްޔިތުންނަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ނަޝީދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

"ރާއްޖެ މިހާރު އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި،" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް