ބަލި ހާލަތު ހުރިގޮތުން ކަމަށް ބުނެ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް ގެއަށް ބަދަލުކޮށްފި

އަދަދު

17 މާރިޗު 2026 | އަންގާރަ | 12:32

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކޮށްފި އެވެ.

އަދަދުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުންނެވެ. އޭނާ ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަނުން ހާމަކޮށްފައި ނުވެ އެވެ.

ބައްސާމްގެ މައްޗަށް އެ މައްސަލައިގައި ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. އެ މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

މައުޟޫޢުތަށް