ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޒަރިޔަންދުގެ ޕޯސްޓަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އަދަދު
17 މާރިޗު 2026 | އަންގާރަ | 1:34
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައި ހުރި، މާލޭ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރާ އިސްމާއީލް ޒަރިޔަންދުގެ ކެމްޕޭން ޕޯސްޓަރުތައް ބަޔަކު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިހަށް ހުށަހެޅީ ހުޅުމާލޭގައި ހުރި އޭނާގެ ކެމްޕޭން ޕޯސްޓަރުތަކެއް އެޗްޑީސީގެ ޔުނިފޯމުގައި ތިބި ބަޔަކު ނަގާފައި ވުމާއި އޭނާގެ ސަޕޯޓަރުންގެ އަމިއްލަ ބިންތަކުގައި ހުރި ޕޯސްޓަރުތަކެއް ވަގަށް ނެގި މައްސަލަ ކަމަށެވެ.
"މި ޒަމާނުގައި ހުދުމުހުތާރު ހަމަތަކެއްގައި ހިނގާ ވެރިކަމުގެ އުމުރުކުރުކަން އެނގޭތީ، މާތްﷲ ސވ ގެ މިންވަރުފުޅުން ރައީސުލްޖުމްހޫރިއްޔާ މުއިއްޒުއަށް ހެޔޮވިސްނުން ދެއްވާ، ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނަފްސާނީ ގާބިލުކަމެއް މިންވަރުކޮށްދެއްވުމަށްއެދެމެވެ،" ޒަރިޔަންދު ވިދާޅުވި އެވެ.