ހުލާސާކޮށް އިއްޔެ: ތެލުގެ އަގު 28ރ. އަށް ވުރެ މައްޗަށް
އަދަދު
17 މާރިޗު 2026 | އަންގާރަ | 9:08
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސެލް ލީޓަރެއް ވިއްކާ އަގު އިއްޔެއިން ފެށިގެން 28ރ. އިން މައްޗަށް ވަނީ ގޮސްފަ އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެޑުތައް ފިޔަވައި ހުންނަ ޕަމްޕުހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ހުޅުމާލެ ޖެޓީގެ ޕަމްޕުހައުސްތަކުންނާއި ބައުޒަރުތަކުން ޕެޓްރޯލް ލީޓަރެއް މިއަދު ވިއްކަނީ 26.81ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 28.94ރ. އަށެވެ.