މުއިއްޒުއަކީ ހުދުމުހުތާރު ވެރިއެއް، ލަދެއް ހަޔާތެއް ނެތް ގޮތަށް ވެސް ބޭނުންވާ ކަމެއް ވީމަ ނިމުނީ: ފައްޔާޒު

އަދަދު

17 މާރިޗު 2026 | އަންގާރަ | 9:02

ރައީސް މުހައްމަދު މުއިއްޒަކީ ގައުމުގެ މުދަލަކީ އަމިއްލަ މިލްކިއްޔާތެއް ކަމަށް ދެކެވަޑައިގަންނަވާ، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ނުކުރައްވާ ހުދުމުހުތާރު ވެރިއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "ފެންނަ ނުފެންނަ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސް މުއިއްޒުގެ މަސައްކަތް ހުންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުތަކުން ފެންނަނީ އެއްވެސް އުސޫލެއް ނެތި، ހަމައެކަނި ބޭނުންވާ ކަމެއް ހާސިލްކުރުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

މައުޟޫޢުތަށް