ޑްރަގު ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި އެކުވެރިޔަކު ބުނެގެން
އަދަދު
17 މާރިޗު 2026 | އަންގާރަ | 1:45
ދެ ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި އެކުވެރިޔަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 29، ކޯޓުގައި ބުނެފި އެވެ.
މުއްދަތު މަޖިލީހުގައި ލޫތު ބުނީ ފޮށިގަނޑު ބަލާ ދިޔައިރު ވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި ރައްޓިއްސެއް ބުނެގެން ކަމަށެވެ.
ތުހުމަތު ކުރެވޭ މީހާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފަ އެވެ.