އަމީން އެވެނިއުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވާކަމަށް ނިންމި މައްސަލަ އިސްތިއުނާފުކޮށްފި
އަދަދު
17 މާރިޗު 2026 | އަންގާރަ | 7:14
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި މިއަދު ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދަށު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެފްއޭއެމްގެ 1000،000 ޑޮލަރުގެ ޗެކަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ މައްސަލަ ބެއްލެވި ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވީ ގާނޫނީ ހަމަތަކާއި ހިލާފަށް ހެކި ވަޒަން ކޮށްގެން ކަމަށް ނުދެކޭތީ ކަމަށެވެ.
އަދި، ދައުލަތުން ކުރި ދައުވާ ސާބިތު ކުރަން ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ދެކެ އެވެ.