ތެލުގެ އަގު ބޮޑުވުމާއެކު މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށައިފި
އަދަދު
18 މާރިޗު 2026 | ބުދަ | 12:14
އިރާނު ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ދެގުނަ މައްޗަށް ދިއުމާ ގުޅިގެން، ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށައިފި އެވެ.
"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް ބޯޓުފަހަރުގެ ވެރިން ބުނި ގޮތުގައި، ތެލުގެ އަގަށް އައި ބަދަލާ އެކު ނާލު ވެސް ދެގުނަ ބޮޑުކުރަން ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް ބައެއް ބޯޓުތަކުން ބުނީ އެންމެ ފަހުން ކުރި ދަތުރުގައި އަގު ބޮޑުނުކުރާ ކަމަށާއި، އެއީ ކުރިން ހެޔޮ އަގުގައި ގަނެފައި ހުރި ތެޔޮ ހުރުމުން ކަމަށެވެ.
ނާލު ބޮޑުކުރި ބޯޓެއްގެ ވެރިޔަކު މައުލޫމާތު ދިން ގޮތުގައި ކުރިން 10ރ. އަށް އުފުލައިދިން ފެން ކޭހެއްގެ ނާލު މިހާރު ވަނީ 20ރ. އަށް ބޮޑުކޮށްފަ އެވެ.