ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވައުދުވި ސަބްސިޑީ އަދިވެސް ހަމަނުޖެހޭ

އަދަދު

18 މާރިޗު 2026 | ބުދަ | 3:47

ބޮޑު އަގުގައި ތެޔޮ ގަނެގެން ބޮޑުކަންނެވި މަސްވެރިކަން ނުކުރެވޭނެ ކަމަށް ބުނުމުން ސަރުކާރުން ހަމަޖައްސައިދޭން ވައުދުވި ތެޔޮ ސަބްސިޑީ އަދިވެސް ހަމަނުޖެހޭ ކަމަށް މަސްވެރިން ބުނެފި އެވެ.

ބޮޑުކަންނަނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު މިއަދު ވިދާޅުވީ، މިފްކޯއަށް މަސް ކިރުވާ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑުކަންނެލި މަސްވެރިންނަށް ވެސް ސަބްސިޑީ އަގެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް މިއަދާ ހަމައަށް އެކަން ހަމަނުޖެހޭ ކަމަށެވެ.

"މިއަދުގެ މިވަގުތާ ހަމައަށް އަދި ތެޔޮ ލިބެނީ ބޮޑު އަގުގައި،" ފޯނުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް