ހަނދެއް ނުފެނުނު، ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް
އަދަދު
18 މާރިޗު 2026 | ބުދަ | 11:01
މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނު ކުރީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މިރޭ ހަނދު ފެނިފައި ނުވާތީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށެވެ.