ހުލާސާކޮށް އިއްޔެ: އިބްރާގެ ދައުވަތު އުޝާމް އަށް

އަދަދު

19 މާރިޗު 2026 | ބުރާސްފަތި | 6:39

އެޕްރީލް 4, ގައި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބަހުސެއް ކުރުމުގެ ދައުވަތު ހާއްސަ މަޖިލީހުގެ މެންބަރު އަދި ފެހި ގާނޫނުއަސާސީ ޑްރާފްޓު ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ)، ބަންޑާރަ ނައިބު އަހުމަދު އުޝާމަށް އިއްޔެ ދެއްވި އެވެ.

އެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.

މައުޟޫޢުތަށް