އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

އަދަދު

19 މާރިޗު 2026 | ބުރާސްފަތި | 6:15

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އާންމު ހިޔާލު ހޯދުމުގެ ވޯޓުގެ އިދާރީ މަސައްކަތްތައް ކުރަމުން ދިޔަ މައި މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ އަލިފާން ރޯވުމާ ގުޅިގެން އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ރޭ މީޑިއާތަކަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާހާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދިޔަ މަރުކަޒުގައި (ކުރިން ކްރިމިނަލް ކޯޓު ހިންގި އިމާރާތް) ހުރި ލިޔެކިޔުމާއި އެހެން ސާމާނުތައް ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

"އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ވާހަކަ ދަންނަވަން،" އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް