ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން، ވޯޓަށް 'ނޫނެކޭ' ބުނަންޖެހޭ: އިލްހާމް

އަދަދު

19 މާރިޗު 2026 | ބުރާސްފަތި | 11:53

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކާއި ހައްގުތަކުން މަހުރޫމުކުރުން ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އޭޕްރީލް 4 ގައި ބާއްވާ ވޯޓަށް ރައްޔިތުން ނޫނެކޭ ނުބުނެފި ނަމަ ފަހުން ހިތާމަކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުގެ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ރޭ އިލްހާމް ވިދާޅުވީ މިއީ ސިޔާސީ ޕާޓީތަކާ ގުޅުންހުރި ސުވާލެއް ނޫން ކަމަށާއި، މިއީ ސީދާ ރައްޔިތުންގެ ތަރައްގީއާއި ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ދެ އިންތިހާބު ވަކިން ބޭއްވުމުން ރައްޔިތުންނަށް ލިބޭ ފައިދާތައް ފާހަގަކުރައްވަމުން އިލްހާމް ވިދާޅުވީ، ސަރުކާރެއް ހިނގާތާ ތިން ހަތަރު މަސްވާއިރު، އެ ސަރުކާރެއްގެ އަމަލުތައް ހުރި ގޮތް ބަލައި، މަޖިލީހަށް މެންބަރުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް