އެމެރިކާ ސަރުކާރުގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ
އަދަދު
19 މާރިޗު 2026 | ބުރާސްފަތި | 12:10
އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ މީޑިއާ ނޯޓެއްގައި ބުނެފައިވާ ގޮތުގައި މި މަހުގެ 19 އިން 24 އަށް ސާޖިއޯ ރާއްޖެ އާއި ލަންކާއަށް ދަތުރު ކުރައްވާނެ އެވެ. މިއީ އިންޑިއާ ކަނޑުގައި އޮތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެކެވެ.
"ރާއްޖެއަށް ކުރައްވާ މި ދަތުރުގައި، ހާއްސަ މަންދޫބު ގޯ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މި ބައްދަލުވުންތަކުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަލާމަތީ ކަންކަމުގައި އޮތް އެއްބާރުލުން ވަރުގަދަކުރުން،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.