އުސޫލުގެ ދޯހަޅިކަމުން މާލޭގައި އަދިވެސް ކެމިކަލް ގުދަންތައް އޮޕަރޭޓުކުރާކަން ހާމަވެއްޖެ
އަދަދު
19 މާރިޗު 2026 | ބުރާސްފަތި | 10:17
ކެމިކަލް ގުދަންތައް މާލެއިން ހުސްކުރުމުގެ އުސޫލުގެ ދޯހަޅިކަމުގެ ސަބަބުން މާލޭގައި ކެމިކަލް ގުދަން އަދިވެސް އޮޕަރޭޓްކުރަމުންދާކަން ހާމަވެއްޖެ އެވެ.
ކެމިކަލް ގުދަންތައް މާލޭގައި އޮޕަރޭޓްކުރަމުންދާކަން ހާމަވީ އެކި ބާވަތްތަކުގެ ގަސްކާނާ (ފާޓިލއިޒާސް)، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ އެކި ސާމާނު ގުދަންކޮށްފައި ހުރި ޕްރައިމް ފާޓިލައިޒާސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކުގަ އެވެ.
މިކަމާ ގުޅިގެން ޕްރައިމް ފާޓިލައިޒާސް ހިންގާ ޕްރައިމް މޯލްޑިވްސްގެ ޑިރެކްޓަރު އަދި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އަދަދު އަށް ވިދާޅުވީ ފާޓިލައިޒާސްތައް ރައްކާކޮށްފައި ހުރި ތަނަކީ އެމްއެންޑީއެފް އިން ގަވާއިދުން އިންސްޕެކްޓްކުރާ ތަނެއް ކަމަށެވެ.