މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 87 ރަބަރު ޕެކެޓާއެކު ދެ މީހަކު ހައްޔަރުކޮށްފި

އަދަދު

19 މާރިޗު 2026 | ބުރާސްފަތި | 9:13

މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 87 ރަބަރު ޕެކެޓާއެކު ހުޅުމާލެއިން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލ. ގަން، ލިންކް، އަހްމަދު ޒަޔާން، 25 އާއި ރ. މަޑުއްވަރި، ޑްރީމް، ހުސައިން އިޔާދު، 23 އެވެ.

ފުލުހުން ބުނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި ހުޅުމާލެ މިދިލިމަގުން ސައިކަލުގައި ދަނިކޮށް އެ ދެ މީހުން ހުއްޓުވީ ތުހުމަތު ކުރެވިގެން ކަމަށެވެ.

މައުޟޫޢުތަށް