ސަރުކާރުން މަސައްކަތްކުރަނީ އިންތިހާބު ވަގަށް ޖަހައިގަންނަން: ޣަފޫރު
އަދަދު
19 މާރިޗު 2026 | ބުރާސްފަތި | 8:18
ސަރުކާރުން އުޅެނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ވަގަށް ޖަހައިގަންނަން ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ މީގެކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކަށް ނުފޫޒު ނުފޯރުވާ ވަރަށް އިންތިހާބަށް ނުފޫޒު ފޯރުވައި ސަރުކާރުން އުޅެނީ ކުރިއަށް އޮތް އިންތިހާބު ޖަހައިގަތުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ހަޔާތުގައި ލޯކަލް ކައުންސިލްގެ އިންތިހާބަކަށް ނުފޫޒު ނުފޯރާވަރަށް ނުފޫޒު ފޯރުވަމުން އެބަގެންދޭ. އަނެއްހެން ތެދަށް ބުނަންޏާ އިންތިހާބު ވަގަށް ޖަހައިގަތުމުގެ ވިސްނުމެއްގައި ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ،" ޣަފޫރު ވިދާޅުވި އެވެ.