ވައިގެ މަގުން އައްޑޫއަށް ދެ ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަދަދު

19 މާރިޗު 2026 | ބުރާސްފަތި | 9:08

އައްޑޫ ސިޓީއަށް ދެ ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ސަލްދިން ވަލިމޮހްމަދު ރުއްފިން، 58 ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް