ހުލާސާކޮށް އިއްޔެ: "މިއީ އެންމެ ހުތުރުކޮށް ނިމިގެންދާނެ ސަރުކާރު"

އަދަދު

20 މާރިޗު 2026 | ހުކުރު | 6:22

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ހުތުރު ނަތީޖާއަކާ އެކު ނިމިގެންދާނެ ސަރުކާރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ ދައުލަތުގެ ހުރިހާ ގޯސްތަކެއް މިހާރަށް ވުރެ ބޮޑަށް ފަޅާއަރައި، މުއައްސަސާތައް ސަރުކާރު ދެކެ ބިރު ނުގަނެ ނުފޫޒުން މިނިވަންވާނެ އަހަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިހްލާމް އަހުމަދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"ވަރަށް ހަޑި ރިޕޯޓަކާއެކު ނިމޭނީ. އޮޑިޓު ރިޕޯޓުތައް ނެރޭނެ، ގަބޫލު ކުރައްވާ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ރިޕޯޓްތައް ނުކުންނާނެ،" އަދަދު ނޫހުގެ ބުދަ ދުވަހުގެ ރޭ ގެނެސްދިން "ފެންނަނުފެންނަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމްވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މުއިއްޒު ބޭނުން ވަނީ ދައުލަތުގެ ބާރުތައް އެ މަނިކުފާނުގެ މުށުތެރެއަށް ލެއްވުމަށް ނަމަވެސް ވެރިކަމުގެ ބާރުތަކަކީ ދާއިމީ އެއްޗެއް ނޫންކަން މި ސަރުކާރުގެ ވެރިންނަށް ވިސްނެން ވެއްޖެ ކަމަށް އިލްހާމް ވިދާޅުވި އެވެެ.

މައުޟޫޢުތަށް