ބޮޑު އަގުގައި ތެޔޮ ގަނެގެން މަހަށް ނުކުންނަށް ދެކޮޅުނުޖެހޭތީ ބޮޑުކަންނެލި މަސްވެރިކަން ހުއްޓުމަކަށް އަތުވެއްޖެ

އަދަދު

20 މާރިޗު 2026 | ހުކުރު | 3:29

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރިކޯޑު މިންވަރަކަށް ތެޔޮ އަގުބޮޑުވެ، މަހަށް ނުކުންނަން ދެކޮޅު ނުޖެހޭތީ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ އެވެ.

ކަންނެލި މަސްވެރިކަން ކުރާ 100 އެއްހާ ދޯނި ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ އެވެ. އެއީ މަސްވެރިކަމުގެ މުޅި ސިނާއަތަށް ބެލި ނަމަވެސް ގާތްގަނޑަސް 50 ޕަސެންޓާ ގާތް ކުރާ އަދަދެކެވެ. ނަމަވެސް އެ ހުރިހާ ދޯންޏެއްގެ މަސައްކަތް ވެސް މިވަގުތު ވަނީ ހުއްޓިފަ އެވެ.

"ބައިވަރު ދޯނިފަހަރު އެބަ ހުރި މިހާރު ވެސް ފުރަން ތައްޔާރުވެގެން. އެކަމަކު ތެލަށްވާ ގޮތެއް ނޭނގިގެން މަޑުކޮށްގެން ތިބީ. ގައިމު ވެސް މި އަގަކު ތެޔޮ ގަނެގެން އެއްވެސް ދޯންޏެއް ނުނިކުންނާނެ މަހަކަށް. މަސްވެރިކަން މި އޮތީ ހުއްޓިފަ،" މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. "އީދު ފަހުން މަސްވެރިކަމަށް ތެޔޮ އަޅައިގެން ފުރާނެ ދޯންޏެއް ނުއުޅޭނެ."

މައުޟޫޢުތަށް