ޒަކާތަށް ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ގާޒާއަށް، ހަތަރު ލައްކަ ރުފިޔާ އިޖުތިމާއީ ޓްރަސްޓް ފަންޑަށް

އަދަދު

20 މާރިޗު 2026 | ހުކުރު | 4:25

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އަދި 423،749 ރުފިޔާ ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން ހަވާލުކުރީ އިސްރާ އެސޯސިއޭޝަނާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާކުރާ ފައިސާ ހަވާލުކުރީ އެ މިނިސްޓްރީއާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް